ށ. ފުނަދޫއިން ބަނގުރަލާއި މަސްތުވާތަކެއްޗާއެކު ހަތަރު މީހަކު ހައްޔަރުކޮށްފި
ށ. ފުނަދޫ ޕޮލިސް ސްޓޭޝަނުން ހިންގި ދެ އޮޕަރޭޝަނެއްގައި ބަނގުރަލާއި މަސްތުވާތަކެއްޗާއެކު ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ. މި ދެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 18 އަހަރުގެ ފިރިހެނަކާއި، 29 އަހަރުގެ ފިރިހެނަކާއި، 33 އަހަރުގެ ފިރިހެނެއްގެ އިތުރުން 34 އަހަރުގެ ފިރިހެނެކެވެ. މި ހަ ހަތަރު މީހުންނަކީވެސް ދިވެހިންނެވެ. ފުލުހުން ބުނީ މި މީހުންގެ ތެރެއިން 18 އަހަރުގެ މީހާ އާއި، 29 އަހަރުގެ މީހާ އަދި 33 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ […]