އޮސްޓްރޭލިއާގައި މުސްލިމުންނާއި ކްރިސްޓިއަނުންގެ އެއްބައި ވަންތަކަމުގެ ވަގުތުކޮޅު
އެވަގުތުކޮޅު ރަމްޒުކޮށްދެނީ އޮސްޓްރޭލިއާގައި މުސްލިމުންނާއި ކްރިސްޓިއަނުންގެ އެއްބައި ވަންތަކަމެވެ. ޤައުމަށް ދިމާވެފައިވާ އުނދަގޫ ދަނޑިވަޅުގައި އެ ޤައުމުގެ މުސްލިމުންނާއި ކްރިސްޓިއަނުން އެޤައުމުގެ އެޑެލައިޑް ގެ ބޮނީތޮން ޕާކަށް ޖަމާވިއެވެ. އެދުވަހު ފަންސާހަށްވުރެ ގިނަ މުސްލިމް ފިރިހެނުންނާއި އަންހެނުން އަދި ކުޑަކުދިންވަނީ ދެކުނު އޮސްޓްރޭލިއާގެ އެޑެލައިޑް ގެ ބޮނީތޮން ޕާކްއަށް ޖަމާވެ، އޮސްޓްރޭލިއާގައި އަނދަމުންދާ އަލިފާނުގެ ސަބަބުން ގެއްލުން ލިބެމުންދާ މީހުނަށްޓަކައި ވާރޭ ވެއްސެވުމަށް އެދި ދުޢާކޮށް...