ބަންގްލަދޭޝްގެ ވިލެޖެއްގައި ރާއްޖޭގެ ޖަމްޢިއްޔާއަކުން ޢިމާރާތް ކޮށްދިން 4 ވަނަ ގެ ހަވާލުކޮށްފި
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދަތި ހާލުގައި އުޅެމުންދާ، އެހީތެރިކަމަށް ބޭނުންވެފައިވާ މުސްލިމް އަޚުންނާއި އުޚުތުންނަށް އެހީތެރިވަމުން އަންނަ ރާއްޖޭގެ ޖަމްޢިއްޔާ އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)ގެ ފަރާތުން ބަންގްލަދޭޝްގައި ޢިމާރާތް ކޮށްދިން ހަތަރުވަނަ ގެ ހަވާލުކޮށްފިއެވެ. މިގެޔަކީ 2019 ވަނަ އަހަރު ޑިސެމްބަރު މަހުގައި އައިއޭސީގެ ޓީމް ބަންގްލަދޭޝްގެ ޝަތްކިރާ ޑިސްޓްރިކްޓަށް ކުރި ޒިޔާރަތުގައި ޢަމަލީގޮތުން ބައިވެރިވެ ޢިމާރާތް ކުރި ގެއެކެވެ. މީގެ ކުރިން އެޖަމްޢިއްޔާގެ އެހީގައި އެ ޑިސްޓްރިކ...