ހދ. އަތޮޅުގެ ތިން ރަށެއްގައި މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމްތަކެއް ކުރިއަށް ގެންގޮސްފި
ކުށްމަދު އަމާން މާހައުލެއް ޤާއިމު ކުރުމަށް ސްކޫލު ދަރިވަރުންނާއި، މުދައްރިސުން އަދި ބެލެނިވެރިން ހޭލުންތެރިކުރުމަށް ފުުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހދ. ހަނިމާދޫ ސްކޫލު، ހދ. ނެއްލައިދޫ ސްކޫލު އަދި ހދ. ނޮޅިވަރަންފަރު ސްކޫލުގެ ދަރިވަރުންނާއި މުދައްރިސުން އަދި ބެލެނިވެރިންނަށް އަމާޒުކޮށްގެން މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމްތަކެއް ކުރިއަށް ގެންގޮސްފިއެވެ. ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓާއި ހދ. އަތޮޅު ޕޮލިސް ސްޓޭޝަންތަކާއި އެރަށްރަށުގެ ސްކޫލުތައް ގުޅިގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމް...