ތިލަދުންމަތީ އެއްބައިވަންތަކަމުގެ ހަނދާން (1ވަނަ ބައި)
“މަރަކީ އެއް ފަހަރުވާ ކަމެކެވެ. ވިހާނީ ވެސް އެއް ދުވަހު އެވެ. ތިބޭނެ ކަމެއް ނެތެވެ. އަރައިގަންނަންވީ އެވެ. ދޯނި ދަމައިގަންނާށޭ” އުތުރުގެ ރައްޔިތުންނަށް ކުރިމަތިވި ތަދުމަޑުކަމުގައި ދައުލަތުގެ އިހުމާލާއި މެދު އުތުރުގެ ރައްޔިތުން ކެތްތެރިކަން ކޮޅުންލައި، ހައްޤު މިންވަރު ހޯދުމަށް ފެށި ދަތުރަކީ “އުތުރު ގަޑުބަޑު” ގެ ގޮތުގައި ނުވަތަ “ތިލަދުންމަތީގެ ބަޣާވާތު” ގެ ގޮތުގައި ލިޔުންތަކުގައި ސިފަ ކޮށްފައި ވިޔަސް އުތުރުގެ ރައްޔިތުން ދެކެނީ އެ މަސައްކަތަކީ ހައްޤު މިންވަރު ހޯދުމަށް އުތުރުގެ ރައްޔިތުން […]