ދިރިއުޅުމުގެ ހުނަރު ދަސްކޮށްދިނުމާ ބެހޭ ތަމްރީން ޕްރޮގްރާމެއް ތުރާކުނުގައި ހިންގައިފި
ދިރިއުޅުމުގެ ހުނަރު ދަސްކޮށްދިނުމާއި ބެހޭ ތަމްރީން ޕްރޮގްރާމެއް ހއ. ތުރާކުނުގައި ހިންގައިފިއެވެ. އެ ޕްރޮގާމަކީ ޒުވާނުންނަށް އަމާޒު ކުރައްވައިގެން ސަރުކާރުން ހިންގަވާ ލައިފްސްކިލް އެޑިޔުކޭޝަން ޕްރޮގްރާމްގެ ދަށުން ހިންގެވި ޕްރޮގާމެކެވެ. ތުރާކުނުގައި އެ ޕްރޮގްރާމް ހިންގީ މިމަހުގެ 19 އިން 20 އަށެވެ. މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި ހއ. ތުރާކުނު ކައުންސިލް ގުޅިގެން އެރަށުގައި ހިންގި މި ޕްރޮގްރާމްގެ ބޭނުމަކީ، ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ދުޅަހެޔޮ ބަޔަކަށް ޒުވާނ...