އެސްޓީއޯގެ ފުރަތަމަ ކުއާޓަރު: ބަންކަރިން ހިދުމަތުން ބޮޑު ކުރިއެރުމެއް، ތެޔޮ ވިއްކި މިންވަރު 27 ޕަސެންޓް އިތުރު
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން އިހަވަންދިއްޕޮޅުގައި ފަށާފައިވާ ބަންކަރިންގެ ޚިދުމަތަށް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ބޮޑު ކުރިއެރުމެއް ލިބިފައިވާކަން އެ ކުންފުނީގެ މާލީ ހިސާބުތަކުން ދައްކައިފިއެވެ. އެސްޓީއޯގެ ވެބްސައިޓް މެދުވެރިކޮށް އާއްމުކޮށްފައިވާ މި އަހަރުގެ ފުރަތަމަ ކުއާޓާގެ ރިޕޯޓްގައިވާ ގޮތުން، މިދިޔަ އަހަރުގެ ފަހު ކުއާޓަރާ އަޅާބަލާއިރު، މި އަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި ތެޔޮ ވިއްކި މިންވަރު ވަނީ 27 އިންސައްތަ އިތުރުވެފައެވެ. މި މުއްދަތުގައި ކުންފުންޏަށް ޖ...