އިންޑިޔާގައި ކޮވިޑް19 ޖެހިގެން މަރުވި މީހެއްގެ ސަބަބުން 40،000 މީހުން ކަރަންޓީނަށް!
ކޮރޯނާވައިރަސް އެންމެ ބޮޑަށް ފެތުރެމުންދާ އިޓަލީއިން އިންޑިޔާއަށް ދަތުރުކުރި މީހަކު ވައިރަހަށް ޕޮޒިޓިވްވުމުގެ ސަބަބުން އިންޑިޔާއިން 40،000 މީހުން ކަރަންޓީނު ކޮށްފި ކަމަށް ބީބީސީއިން ބުނެފިއެވެ. މިމީހާ އިޓަލީއިން އައުމަށްފަހު ވަނީ ކޯވިޑްޖެހިގެން މަރުވެފައެވެ. މިކޭސް އާއި ގުޅިގެން ޕަންޖާބުގެ 20 އަވަށަކަށް ވަނީ އައިސޮލޭޓް ވުމަށް މަޖުބޫރުވެފަ އެވެ. 70 އަހަރުގެ މިމިހާވަނީ އިޓަލީއަށް ފަހު އަދި ޖަރުމަނަށް ވެސް ދަތުރުކޮށްފަ އެވެ. އަދި އެއަށްފަހު އޭނާވަނީ އިންޑިޔާގެ ޕަންޖާބުގައި ފާހަގަކުރާ ފެސްޓިވަލެއްގަ...