ޔޫއޭއިން ޕޮޒިޓިވް ވެފައިވަނީ ދިވެއްސެއް ނޫން: މަބްރޫކް
ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) ގައި ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ ދިވެއްސެއް ނޫންކަމަށް ސަރުކާރުން ބުނެފިއެވެ. މިކަން ހާމަކުރީ މިހާރު ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ކުރިޔަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19 ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒްއެވެ. އެކަމާއި ގުޅިގެން މަބްރޫކް ވިދާޅުވީ ޔޫއޭއީ ސަރުކާރުން ރާއްޖޭގެ ފޮރިން މިނިސްޓްރީއަށް އެކަމުގެ މަޢުލޫމާތު ޙިއްސާ ކޮށްފައުިވާކަމަށެވެ. އެގޮތުން އެމީހާއަކީ ދިވެއްސެއް ނޫންކަން މިހާރު ޔަގީން ކުރެވިފައިވާކަމަށް މަބުރޫ...