އިންޓަރނެޓުގެ ޚިދުމަތުން ލުއިގޮތްތަކެއް ހަމަޖެއްސެވުމަށް ސަރުކާރުން ނިންމެވި ގޮތް އިޢުލާންކޮށްފި
އިންޓަރނެޓުގެ ޚިދުމަތުން ލުއިގޮތްތަކެއް ހަމަޖެއްސެވުމަށް ސަރުކާރުން ނިންމެވި ގޮތް އިޢުލާންކޮށްފިއެވެ. އެކަމާއި ގުޅިގެން ރައީސް އޮފީހުން އާންމު ކުރެއްވި ދެންނެވުމެއްގައި ވަނީ ސަރުކާރާއި ސްކޫލްތައް ބަންދުކުރެއްވުމާއި، ޟަރޫރީ ބޭނުންތަކުގައި މެނުވީ ގެއިން ބޭރަށް ނުކުމެ ނޫޅުމަށް ސަރުކާރުގެ އިދާރާތަކުގެ މުވައްޒަފުންނަށް އެންގެވުމަކީ، ކޯވިޑް-19 ބައްޔާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އިސްނެންގެވުމާއެކު ސަރުކާރުން އަޅުއްވާފައިވާ ފިޔަވަޅުތަކުގެ ތެރެއިން އެކަކު އަނެކަކާއި ދެމ...