ކޮވިޑް-19 އާއި ގުޅޭ ގޮތުން ދަރިފުޅާއި ވާހަކަ ދައްކާނީ ކިހިނެތް؟
ކޮރޯނާ ވައިރަސް ބަލިމަޑުކަން 2019 (ކޯވިޑް-19) އާ ގުޅޭގޮތުން އަޑުއިވެމުންދާ އެކި މަޢުލޫމާތުގެ ސަބަބުން ތިމާއަށް ހިތްނުތަނަވަސްކަން ދިމާވުމަކީ އެކަށީގެންވާކަމެކެވެ. ހަމަ އެފަދައިން، ތިމާގެ ދަރިންނަށްވެސް މިފަދަ ހިތްނުތަނަވަސްކަން ދިމާވުމަކީ އެކަށީގެންވާކަމެކެވެ. އެހެން މީހުންގެ ފަރާތުންނާއި، ޓީވީ އިންނާއި، އޮންލައިންކޮށް އަޑު އިވެމުންދާ ކަންތަކަކީ ކޮންކަހަލަ ކަމެއްކަން އެކުދިންނަށް ނުވިސްނިދާނެއެވެ. ވުމާއެކު، އެކުދިންނަށް ހިތާމައާއި، ފިކުރު ބޮޑުވުމާއި، ހާސްކަމުގެ އިޙުސާސްތައް ތަޙައްމަލުކުރަން ޖެހު...