ޑަކްޓަރު އުލްފާ، ޢާއިލާއާއި ބައްދަލު ނުވާތާ މަހެއް ވޭތުވެއްޖެ!
ސިއްހީ ހިދުމަތްތެރިންނަކީ ފުރާނަ އަތްމައްޗަށް ލައިގެން ރެޔާއި ދުވާލު އަޅުގަނޑުމެންގެ ޚިދުމަތުގައި ތިބި ބަޔެކެވެ. އެ ޚިދުމަތްތެރީންނަށް މުޅިދުނިޔެ ވަނީ ދަރާފައެވެ. މިއަހަރުގެ ދުނިޔޭގެ ސިއްހަތު ދުވަސް އަޅުގަނޑުމެންނާއި ބައްދަލު ކުރި ތަންވަޅަކީ މުޅިދުނިޔެ ބަލިމަޑުކަމަކަށް ހުށަހެޅިފައިވާ ދަނޑިވަޅެކެވެ. މުޅި ދުނިޔެ ހާސްކަމުގެ ތެރެއަށް ގަންބުވާލާފައ،ި ވާ ކޮވިޑް-19 ރޯގާ އަކީ ފަހުގެ ތާރީޚެއްގައި ދުނިޔެއަށް ކުރިމަތި ނުވާފަދަ ބަލި މަޑުކަމެކެވެ. އެބަލި ފެތުރޭ ގޮތްތައް ސައިންސްވެރިން އަދިވެސް ހޯދައިބަލައި،...