އެމްޑީޕީގެ އެތެރޭގެ އިންތިޚާބު ފަސްކުރަން ވަގުތީ ޗެއާޕާސަން ހުށަހަޅުއްވައިފި
އެމްޑީޕީގެ ޗެއާޕާސަން ހޮވުމާއި ގައުމީ މަޖިލީހުގެ އިންތިހާބު ރިޔާސީ ޕްރައިމަރީގެ ފަހަށް ފަސްކުރުމަށް އެ ޕާޓީގެ ވަގުތީ ޗެއާޕާސަން، ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ) ހުށަހަޅުއްވައިފިއެވެ. އެ ޕާޓީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގޫރޫޕަށް މިއަދު ފޮނުއްވި މެސެޖެއްގައި، އިންތިހާބު ފަސްކުރަން ހުށަހެޅި މައިގަނޑު އެއް ސަބަބެއްގެ ގޮތުގައި ޣަފޫރު ފާހަގަކުރެއްވީ ޕާޓީގެ އެތެރޭގެ މަސްލަހަތު ހިފެހެއްޓުމާއި ސަރުކާރު ޖަވާބުދާރީކުރުމުގެ މަސައްކަތަށް ހުރަސް އެޅުނު ނުދިނުމެވެ. އޭނާ ވިދާޅުވި ގޮތުގަ...