ޔޫއޭއީގެ ވައިގެ ދަތުރުފަތުރުތައް އަލުން އާންމު ހާލަތަށް ގެނެސްފި
ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ވައިގެ ސަރަހައްދުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އުވާލައި، ވައިގެ ދަތުރުފަތުރުތައް އަލުން އާންމު ހާލަތަށް ގެނެސްފައިވާ ކަމަށް އެ ގައުމުގެ ޖެނެރަލް ސިވިލް އެވިއޭޝަން އޮތޯރިޓީ (ޖީސީއޭއޭ) އިން މިއަދު އިއުލާނުކޮށްފިއެވެ. ޖީސީއޭއޭ އިން ހާމަކުރި ގޮތުގައި، މި ނިންމުން ނިންމާފައިވަނީ ކަމާބެހޭ އިދާރާތަކާ ގުޅިގެން އޮޕަރޭޝަނަލް އަދި ސަލާމަތީ ކަންކަން ފުރިހަމައަށް ވަޒަންކުރުމަށްފަހުގައެވެ. އަދި ވައިގެ ދަތުރުފަތުރުގެ ރައްކާތެރިކަން އެންމެ މަތީ ދަރަޖައިގަ...