އެސްޓީއޯއިން ބިސް އަދި ފިޔާ އަގު ހެޔޮކޮށްފި
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ ފިޔާ އަދި ބިހުގެ އަގު ހެޔޮކޮށްފި އެވެ. އެސްޓީއޯ އިން ވަނީ ކުރިން 255 ރުފިޔާ އަށް ވިއްކި ފިޔާ ބަސްތާއެއްގެ އަގު 175 ރުފިޔާ އަށް ތިރިކޮށްފައެވެ. މީގެ އިތުރުން އެކުންފުނިން ވަނީ 260 ރުފިޔާ އަށް ވިއްކި ބިސްކޭހެއްގެ އަގު 240 ރުފިޔާ އަށް ތިރިކޮށްފައެވެ. އެސްޓީއޯ އިން ބުނީ އީސްޓޯރ އިން އޯޑަރު ދިނުމަށް ފަހު ފުލުހުންގެ ވިޔަފާރި ހުއްދަ އޮތް ފަރާތްތަކަށް އިންޑަސްޓްރިއަލް […]