ހަނދު ސާބިތު ކުރުމަށްޓަކައި ހެކިބަސް ދިނުން އަންނަ ހުކުރު ދުވަހު
މިއަހަރުގެ ޝައްވާލުމަހުގެ ހަނދު ސާބިތު ކުރުމަށްޓަކައި ހެކިބަސް ދިނުން މިމަހުގެ 22 ވާ ހުކުރު ދުވަހު އޮންނާނެ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނެފިއެވެ. ޑީޖޭއޭއިން ނެރުނު ސަރކިއުލަރެއްގައި ބުނެފައިވަނީ، މި އަހަރުގެ ޝައްވާލު މަހުގެ ހަނދު ދުށްމީހަކު ނުވަތަ ބަޔަކު މާލޭގައި ނަމަ ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނަށް އަދި ރަށްރަށުގައިނަމަ އެރަށެއްގެ މެޖިސްޓްރޭޓް ކޯޓަށް ހެކިބަސް ދެވޭނެ ކަމަށެވެ. އެގޮތުން ކޯވިޑް-19 އާ ގުޅިގެން އޮފީސްތައް ބަންދުކޮށްފައިވާ މި ދ...