މިއަދު ލިބޭ ވޭނާއި ތަދަކީ މާދަމާގެ ކުރިއެރުން ކަމުގައި ހަދާށެވެ
ވޭނާއި ކެކުޅުމަކީ ދަތުރުކުރަމުންދާ މުދައްރިސެކެވެ. އެ މުދައްރިސް ކޮންމެ ގެއެއްގެ ދޮރުގައިވެސް ޓަކިދެއެވެ. މުދައްރިސް ދެކޭގޮތުގައި އެންމެ ވިސްނުން ރަނގަޅުމީހުންނަކީ، މުދައްރިސަށް މަރުޙަބާކިޔައި، ކޮންމެހެން އެނގެންޖެހޭ ފިލާވަޅެއް ދަސްވުމުގެ ކުރިން މުދައްރިސް ފޮނުވާނުލާ މީހުންނެވެ :ލިނަން ދޯޔަލް މެލްޓަން އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކީވެސް ދިރިއުޅުމުގައި ކޮންމެވެސް ކަހަލަ ހިތާމައެއް ތަޖުރިބާކޮށްފައިވާނެ މީހެކެވެ. ހިތުގައި ޖެހުން، ލޯބިވާ މީހަކު ގެއްލިދިއުން، ކަމަކާއި މާޔޫސްވުން މިކަހަލަ އެތައ...