ގޭގައި ފޫހިވަނީތަ؟ ގަސް އިންދުން އެއީ ސަޅިކަމެއް!
ކޯވިޑް19 ގެ ބަލިމަޑުކަމުގެ ބިރު ރާއްޖޭގެ ރައްޔިތުންނާއި ހިސާބަށް ފޯރުމާއިއެކު، އެ ބަލި ކޮންޓްރޯލް ކުރުމުގެ ގޮތުން ސަރުކާރުން ރާއްޖޭގައި ފުރަބަންދު އިއުލާންކުރިއެވެ. އެހާ ހިސާބުން ވަޒީފާ ތަކުގައި އުޅޭ ފަރާތްތަކުގެ މަސައްކަތްތައް ގޭގައި ކުރާ ގޮތައް ބަދަލު ކުރެވުނެވެ. ތަޢުލީމް ހާސިލް ކުރަމުން ދިޔަ ކުދިންގެ ކިޔެވުން ދުވަސްކޮޅަކަށް މަދުޖެހިލުމަށްފަހު އެކަންވެސް ގޭގައި ތިބެ އޮންލައިންކޮށް ކުރެވޭނެ ގޮތް ފަހިވެގެން ދިޔައެވެ. މިއާއި އެކު އާއިލާގެ އެންމެން އެއްތަންވެ އެކުގައި ދުވަސްތައް ހޭދަކޮށްލާން ވަގުތ...