ކޯވިޑް19 ގުޅިގެން އަތޮޅުތަކުގައި އަޅާފައި ހުރި ފިޔަވަޅުތައް ބާތިލްކޮށްފި
ކޯވިޑް-19 އާއި ގުޅިގެން އަތޮޅުތަކުގައި އަޅާފައިވާ ހުރިހާ ފިޔަވަޅެއް ޖޫން 15 ވަނަ ދުވަހުން ފެށިގެން ބާތިލްކޯށްފިއެވެ. މީގެ އިތުރުން ސަރުކާރުންވަނީ ކުރިން އިއުލާން ކޮށްފައިވާ ގޮތައް މާލޭގެ ފުރަބަންދަށް ލުއިތަކެއް ދީފައިވާކަން ރަސްމީކޮށް އިއުލާންކޮށްފައެވެ. ޑިރެކްޓާ ޖެނަރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ މިރޭ ނެރުނު އިއުލާނެއްގައި ބުނީ ކުއްލި ނުރައްކަލުގެ ހާލަތުގައި ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ ހައިސިއްޔަތުން ލިބިދޭ ބާރުގެ ދަށުން، ރަށްރަށުގައި އެޅި ހުރިހާ ފިޔަޅުތ...