ސުލްހައިގެ އެއްބަސްވުމަކަށް އާދެވިދާނެކަމުގެ އިޝާރާތަކާއެކު ތެލުގެ އަގު ދަށްވާން ފަށައިފި
އީރާނާއި ދެކޮޅަށް އެމެރިކާ އާއި އިސްރާއީލް ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ސުލްހައިގެ އެއްބަސްވުމަކަށް އާދެވިދާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިޝާރާތް ކުރެއްވުމާ ގުޅިގެން، މެދުއިރުމަތިން ތެޔޮ ސަޕްލައި ކުރުމަށް ހުރި ހުރަސްތައް ނެތިގެންދާނެ ކަމުގެ އުންމީދުގައި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ޖެހިޖެހިގެން ދެވަނަ ދުވަހަކަށް ދަށްވެއްޖެއެވެ. ބުދަ ދުވަހު ބްރެންޓް ކްރޫޑް ފިއުޗާސްގެ އަގު 1.52 ޑޮލަރު ނުވަތަ 1.38 އިންސައްތަ ދަށްވެ، ފީފާއެއްގެ އަގު ވަނީ 108.35 ޑޮލަރަށް ވެއްޓިފައެވެ...