ނައިބު ރައީސްގެ ޝުކުރު ޕްރިންސިޕަލުންނަށް!
ކޯވިޑް-19 އާއި ގުޅިގެން ސްކޫލުތައް ބަންދުކޮށްފައިވާ ދުވަސްތަކުގައި ދަރިވަރުންނަށް ބޭނުންވާ ފިލާވަޅުތައް ގެއްލިގެންދިޔަ ނުދިނުމަށް ކުރެއްވި އަގުހުރި މަސައްކަތްތަކަށާއި، ތަޢުލީމީ ދާއިރާ ކުރިއެރުވުމަށް ޕްރިންސިޕަލުން ކުރަށްވަމުން ގެންދަވާ ބުރަ މަސައްކަތްތަކަށް ނައިބު ރައީސް ފައިޞަލް ނަސީމް ޝުކުރު އަދާކުރަށްވައިފިއެވެ. ނައިބު ރައީސް ފައިޞަލް ނަސީމް މިއަދު ހަވީރު ވަނީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އިސް ބޭފުޅުންނާއި، އަދި ރާއްޖޭގެ ހުރިހާ ސްކޫލުތަކެއްގެ ޕްރިންސިޕަލުންނާއިއެކު ބައްދަލުކުރައްވާފައެވެ. އ...