ތަމަޅަ ސުޕަސްޓާރު ވިޖޭ އިންޑިއާގެ ޓެމިލް ނާޑޫގެ ޗީފް މިނިސްޓަރުކަމުގެ ހުވާކުރައްވައިފި
އިންޑިއާގެ ތަމަޅަ ފިލްމީ ދާއިރާގެ މަޝްހޫރު ތަރި، ސީ. ޖޯސެފް ވިޖޭ (ތަލަޕަތީ ވިޖޭ) އިންޑިއާގެ ތަމަޅަނާޑޫ ސްޓޭޓްގެ އާ ޗީފް މިނިސްޓަރުކަމުގެ ހުވާ އިއްޔެ ކުރައްވައިފިއެވެ. ވިޖޭ މި މަގާމުގެ ހުވާ ކުރައްވާފައިވަނީ އިންތިޚާބަށްފަހު އެ ސްޓޭޓްގެ ސިޔާސީ މަސްރަހުގައި އުފެދުނު ނުތަނަވަސްކަމާއި ދެބަސްވުންތަކަށް ނިމުމެއް ގެނައުމަށްފަހުގައެވެ. އުމުރުން 51 އަހަރުގެ ވިޖޭ ދާދިފަހުން އުފެއްދި “ތަމަޅަގަ ހެޓްރީ ކަޒަގަމް” (ޓީވީކޭ) ޕާޓީން ވަނީ މިދިޔަ ހަފުތާގައި ބޭއްވި އިންތިޚާބުގައި 108 ގޮނޑި ކާމިޔާބުކޮށްފައެވެ. ޖުމްލަ...