Quarterly Digital Edition

THILADHUN

Culture · Horizons · Long-Form Journalism

ފިލިޕީންސްގެ ނައިބު ރައީސް ސާރާ ޑުޓާޓޭ ދެވަނަ ފަހަރަށް އިމްޕީޗް ކޮށްފި
Cover Story · Feature Essay

ފިލިޕީންސްގެ ނައިބު ރައީސް ސާރާ ޑުޓާޓޭ ދެވަނަ ފަހަރަށް އިމްޕީޗް ކޮށްފި

ފިލިޕީންސްގެ ހައުސް އޮފް ރިޕްރެޒެންޓޭޓިވްސް އިން އެ ގައުމުގެ ނައިބު ރައީސް ސާރާ ޑުޓާޓޭ ދެވަނަ ފަހަރަށް އިމްޕީޗް ކުރުމަށް ފާސްކޮށްފިއެވެ. ހޯމަ ދުވަހު ބޭއްވި މި ވޯޓުގައި، ހާޒިރުވެ ތިއްބެވި 290 މެންބަރުންގެ ތެރެއިން 257 މެންބަރުން ވަނީ ޑުޓާޓޭ މަގާމުން ވަކިކުރުމަށް ތާއީދުކޮށް ވޯޓު ދެއްވާފައެވެ. މިއީ މައްސަލަ ސެނެޓަށް ފޮނުވުމަށް ބޭނުންވާ ތިންބައިކުޅަ އެއްބައިގެ ވޯޓަށްވުރެ މާ ބޮޑު އަޣުލަބިއްޔަތެކެވެ. ނައިބު ރައީސް ޑުޓާޓޭއާ ދެކޮޅަށް ހުށަހެޅިފައިވާ މައިގަނޑު ތުހުމަތުތަކުގެ ތެރޭގައި ދައުލަތުގެ […]

Selected Essays & Island Profiles

ފިލިޕީންސްގެ ނައިބު ރައީސް ސާރާ ޑުޓާޓޭ ދެވަނަ ފަހަރަށް އިމްޕީޗް ކޮށްފި
International

ނޫސްވެރިކަމުގެ ފާހެއް އެޅުމަކީ ރައްޔިތުންގެ އަބުރަށް އަރައިގަތުމުގެ ލައިސަންސެއްނޫން: ރައީސް
Raajje

ނޫސްވެރިކަމުގެ ފާހެއް އެޅުމަކީ ރައްޔިތުންގެ އަބުރަށް އަރައިގަތުމުގެ ލައިސަންސެއްނޫން: ރައީސް

ދިވެހިރާއްޖޭގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ޤާނޫނުއަސާސީގައި ބަޔާންކުރެވިފައިވާ ހުދޫދުގެ ތެރޭގައި ތަން މިނަށް ހުޅުވިފައިވާކަމަށާއި، ނޫސްވެރިކަމުގެ ފާހެއް އެޅުމަކީ ރައްޔިތުންގެ އަބުރަށް އަރައިގަތުމުގެ ލައިސަންސެއް ނޫންކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ ކޮންމެ ހަފްތާއަކު ސިލްސިލާކޮށް ބާއްވަވާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މިއަދު ބޭއްވި ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ރައީސް ވިދާޅުވި ގޮތުގައި މި...

ޣައްޒާ ގަތުލުއާންމާއި ގުޅޭ ޑޮކިއުމެންޓްރީ އަށް ބާފްޓާ އެވޯޑް، ބީބީސީއަށް ބޮޑު ފާޑުކިޔުމެއް
International

ޣައްޒާ ގަތުލުއާންމާއި ގުޅޭ ޑޮކިއުމެންޓްރީ އަށް ބާފްޓާ އެވޯޑް، ބީބީސީއަށް ބޮޑު ފާޑުކިޔުމެއް

ފަލަސްތީނުގެ ޣައްޒާގައި ޔަހޫދީ ސިފައިން ހިންގަމުންދާ ލޭއޮހޮރުވުމުގެ ތެރޭ ސިއްހީ ދާއިރާގެ މަސައްކަތްތެރިންނަށް ދެމުންދާ ހަމަލާތައް ތިލަކޮށްދޭ ޑޮކިއުމެންޓްރީ “ޣައްޒާ: ޑޮކްޓާޒް އަންޑާ އެޓޭކް” ވަނީ ބާފްޓާ ޓީވީ އެވޯޑްސްގެ ކަރަންޓް އެފެއާޒް ކެޓަގަރީ ކާމިޔާބުކޮށްފިއެވެ. ހޮނިހިރު ދުވަހު ލަންޑަންގެ ރޯޔަލް ފެސްޓިވަލް ހޯލްގައި ބޭއްވި ހަފްލާގައި ފިލްމަށް ލިބުނު ކާމިޔާބީ ފާހަގަކުރި ނަމަވެސް، ފިލްމު ހަދައިދިން ފަރާތްތަކުން ވަނީ ހަފްލާ ތެރޭ ހަރުކަށިކަމާ އެކު ބީބީސީ ކުށްވެރިކޮށް ވަރަށް ބޮޑަށް ފާޑުކިޔައި ވާހަކަ...

ޕޭ ހަރމަނައިޒް ކުރިއިރު މުސާރައިގެ ކުރިއެރުން ނުލިބި ތިބި މުވައްޒަފުންނަށް މިމަހު ކުރިއެރުން ލިބޭނެ: ރައީސް
Raajje

ޕޭ ހަރމަނައިޒް ކުރިއިރު މުސާރައިގެ ކުރިއެރުން ނުލިބި ތިބި މުވައްޒަފުންނަށް މިމަހު ކުރިއެރުން ލިބޭނެ: ރައީސް

ނެޝަނަލް ޕޭ ކޮމިޝަނުން މުސާރަތައް އެއްހަމަކުރުމަށް ނުވަތަ ޕޭ ހަރމަނައިޒް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔައިރު، އެކި ސަބަބުތަކާހުރެ މުސާރައިގެ ކުރިއެރުން ލިބިފައިނުވާ މުވައްޒަފުންނަށް މި މަހުން ފެށިގެން މުސާރައިގެ ކުރިއެރުން ލިބޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ ކޮންމެ ހަފްތާއަކު ސިލްސިލާކޮށް ބާއްވަވާ ނޫސްވެރިންގެ ބައްދަލުވުމުގެތެރެއިން މިއަދު ބޭއްވި މި ހަފްތާގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، ޕޭ ހަރމަނ...

ފަތުރުވެރިކަމަށް ލިބެމުންދާ ގެއްލުންތަކުން އަރައިގަތުމަށް މަޓާޓޯ އާއި އެންއެޗްޖީއޭއެމްގެ ހުށަހެޅުންތަކެއް
Business

ފަތުރުވެރިކަމަށް ލިބެމުންދާ ގެއްލުންތަކުން އަރައިގަތުމަށް މަޓާޓޯ އާއި އެންއެޗްޖީއޭއެމްގެ ހުށަހެޅުންތަކެއް

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޭޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓާސް (މަޓާޓޯ) އާއި ނޭޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންއެޗްޖީއޭއެމް) ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ސަރުކާރުގެ އަވަސް އެހީތެރިކަމަށް އެދިއްޖެއެވެ. މަޓާޓޯ އިން ހާމަކޮށްފައިވާ ގޮތުގައި، 2026 ވަނަ އަހަރުގެ މާރިޗު މަހުން ފެށިގެން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މަދުވުމާއި، ބުކިންތައް ކެންސަލްވުމުގެ ސަބަބުން މިހާތަނަށް ފަތުރު...

މިއަދަށް މުއްދަތުހަމަވާ 50 މިލިއަން ޑޮލަރުގެ ލޯނު މިއަދު ދައްކައިފި
Raajje

މިއަދަށް މުއްދަތުހަމަވާ 50 މިލިއަން ޑޮލަރުގެ ލޯނު މިއަދު ދައްކައިފި

މިދިޔަ ރިޔާސީ ދައުރުގައި ވެރިކަންކުރި އެމްޑީޕީގެ ސަރުކާރުން ނަގާފައިވާ ލޯނުތަކުގެ ތެރެއިން މިއަދަށް މުއްދަތު ހަމަވާ 50 މިލިއަން ޑޮލަރުގެ ލޯނު މިއަދު ހެނދުނު ދައްކާފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ކޮންމެ ހަފްތާއަކު ސިލްސިލާކޮށް ކުރިއަށްގެންދަވާ ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުން ދަރަނި ދެއްކުމުގައި ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ ތަފްޞީލް ހިއްސާކުރައްވަމުންނެވެ. ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި މިއަދު ދައްކާފައިވަނީ ކުރީގެ ސ...

ސިޔާސީ ހަރަކާތް ހިންގަންވާނީ ޑޮކިއުމެންޓްރީ އާއި ގުޅޭ ކޯޓު އަމުރުގެ ހުދޫދުގެ ތެރެއިންކަމަށް އެންގުމެއް
Raajje

ސިޔާސީ ހަރަކާތް ހިންގަންވާނީ ޑޮކިއުމެންޓްރީ އާއި ގުޅޭ ކޯޓު އަމުރުގެ ހުދޫދުގެ ތެރެއިންކަމަށް އެންގުމެއް

ސިޔާސީ ޕާޓީތަކުން ސިޔާސީ ހަރަކާތްތައް ކުރިއަށް ގެންދިއުމުގައި “އަދަދު” އޮންލައިން ނޫހުން ތައްޔާރުކުރި “އައިޝާ” ނަމަކަށް ކިޔާ ވީޑިއޯ ޑޮކިއުމެންޓަރީ ދައުރުކުރުމާ ގުޅޭގޮތުން ކްރިމިނަލް ކޯޓުން ނެރުނު އަމުރުގެ ހުދޫދުގެ ތެރެއިން ޢަމަލުތައް ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ސިޔާސީ ޕާޓީތަކަށް އަންގައިފިއެވެ. އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ޕާޓީތަކަށް ފޮނުވި އެންގުމުގައި ވަނީ، ކްރިމިނަލް ކޯޓުގެ އަމުރުގެ ހުދޫދުގެ ތެރެއިން ސިޔާސީ ހަރަކާތްތައް ހިންގުމަށް އިލްތިމާސްކޮށްފައެވެ. މިގޮތުން އެ ޑޮކިއުމ...

މުރައިދޫ އަންހެނުންގެ ކޮމެޓީން ކުރިއަށް ގެންދިޔަ ނަމާދު ކޭމްޕްގެ ނިމުން ފާހަގަކޮށްފި
Raajje

މުރައިދޫ އަންހެނުންގެ ކޮމެޓީން ކުރިއަށް ގެންދިޔަ ނަމާދު ކޭމްޕްގެ ނިމުން ފާހަގަކޮށްފި

ހއ. މުރައިދޫ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީ (ޑަބްލިޔުޑީސީ) އިން އެރަށުގެ ކުޑަކުދިންނަށް ކުރިއަށް ގެންދިޔަ ނަމާދު ކޭމްޕްގެ ނިމުން ފާހަގަކޮށް، ބައިވެރިންނަށް ސެޓް ފިކެޓް ދީފިއެވެ. އަށާވަރަކަށް ދަރިވަރުން ބައިވެރިވި މި ކޭމްޕް އެ ކޮމެޓީގެ ފަރާތުން ކުރިއަށް ގެންގޮސްފައި ވަނީ ހުސް އޭޕްރިލް މަހުގެ ފަހު ހަފުތާގައެވެ. މި ކޭމްޕްގެ ނިމުން ފާހަގަކުރުމަށް ހަފްލާއެއް ބާއްވާފައިވާއިރު، މުރައިދޫ ޑަބްލިޔުޑީސީ އިން ވަނީ، މި ޕްރޮގްރާމް ކުރިއަށް ގެންގޮސްދެއްވި އެރަށުގެ މަސްޖިދިލް އިހާއީގެ އިމާމް [...

އެމެރިކާގެ ހުށަހެޅުމަށް އީރާނުން ދިން ޖަވާބު މިފަހަރުވެސް ޓްރަމްޕަށް ކަމަކުނުދިޔަ
International

އެމެރިކާގެ ހުށަހެޅުމަށް އީރާނުން ދިން ޖަވާބު މިފަހަރުވެސް ޓްރަމްޕަށް ކަމަކުނުދިޔަ

އެމެރިކާ އާއި އިސްރާއީލުން އިސްވެ ފެބްރުއަރީ 28 ގައި އީރާނާއި ދެކޮޅަށް ފެށި ހަނގުރާމަ ހުއްޓާލުމަށް އެމެރިކާއިން އެންމެ ފަހުން ހުށަހެޅި ހުށަހެޅުމަށް އީރާނުން ދިން ޖަވާބު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާދީއްތަ ދުވަހު ގަބޫލުނުކުރައްވާނެކަމަށް ވިދާޅުވެއްޖެއެވެ. ރައީސް ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ ‘ޓްރޫތު ސޯޝަލް’ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އީރާނުގެ މަންދޫބުން ފޮނުވި ޖަވާބު ކިޔުއްވާފައިވާ ކަމަށާއި، އެ ޖަވާބު ކަމުނުދާ ކަމަށެވެ. “އީރާނުގެ މަންދޫބުން ކަމަށް ބުނާ ފަރާތްތަކ...