ހައި ކޯޓުން ތިން ވޯޓެއް ބާތިލް ކުރުމުން ވޭވަށު ކައުންސިލްގެ މެޖޯރިޓީ ޕީއެންސީއަށް
މިިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި މ. ވޭވަށު ކައުންސިލަށް މެމްބަރުން ހޮވަން ދީފައިވާ ތިން ވޯޓު ކަރުދާހެއް ބާތިލް ކަމަށް ހައި ކޯޓުން މިއަދު ހުކުމް ކުރުމާއެކު, އެ ކައުންސިލްގެ މެޖޯރިޓީ ޕީއެންސީއަށް ލިބިއްޖެ އެވެ. ކައުންސިލް އިންތިހާބުގައި ވޭވަށު ކައުންސިލްގެ ތިން މެމްބަރުންގެ ތެރެއިން ރައީސްކަމާއި މެމްބަރުކަމުގެ މަގާމު އެމްޑީޕީއަށް ކާމިޔާބުވިއިރު, ޕީއެންސީއަށް ކުރިން ލިބިފައި އޮތީ އެންމެ ގޮނޑި އެކެވެ. އެ ކައުންސިލަށް ޕީއެންސީ ޓިކެޓްގައި ވާދަކުރި މުހައްމަދު ނަޒީހު ހައި ކޯޓަށް މައްސަލަ […]