ޔުނާންގެ ދެމަފިރިންނަށް ބޮޑު ތުހުމަތެއްކޮށް މުޒާހަރާ ކުރާތީ ފުލުހުންގެ ހިމާޔަތަަށް!
ކުޑަކުދިންތަކަކާއިއެކު ޖިންސީ ގުޅުން ހިންގި ކަމުގެ ތުހުމަތު ކުރެވޭތީ ފިލްމީ ތަރި މުހައްމަދު ޔުނާން އާއި އޭނާގެ އަންހެނުން ފާތިމަތު ރިހުލާ ހައްޔަރު ކުރުމަށް ގޮވާލައި އެދެމަފިރިން ދިރިއުޅެމުންދާ ގެކައިރީ މުޒާހަރާ ކުރަމުން ދަނިކޮށް، ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އަމިއްލައަށް ރައްކާތެރިކަމަށް އެދުމުން ކަމަށް ފުލުހުން ބުނެފި އެވެ. މިކަމާއި ގުޅޭގޮތުން ފުލުހުންނާއި ނޫސްވެރިން ސުވާލު ދެންނެވުމުން ފުލުހުން ބުނީ އެ ދެމަފިރިން ފުލުހުން ގެންދިޔައީ އަމިއްލަ ރައްކާތެރިކަމަށް އެދުމުން ކަމަށެވެ. މި މީހު...