ދެން އޮތީ އަދީބަށް ހުކުމް ކުރުން، 20 އަހަރުގެ ޖަލު ހުކުމެއް
ކުރީގެ ސަރުކާރުގައި ހިނގާފައިވާ، އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ގުޅިގެން ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާގެ ހުކުމް އިއްވުން މިއަދު ހަވީރު 6 ޖަހާއިރަށް ތާވަލުކޮށްފިއެވެ. މިހިނގާ އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި އަދީބުގެ މައްޗަށް އިއްވި ހަތް ދައުުވާއަށް އޭނާ ވަނީ އިއުތިރާފުވެވަޑައިގެންފަ އެވެ. އަދީބުގެ މައްޗަށް އުފުލި ދައުވާތައް އުފުލާފައި ވަނީ އޭނާ ޓްއަރިޒަމް މިނިސްޓަރުގެ މަޤާމުގައި ހުންނެވި ދުވަސްވަރާ...