''އެމެރިކާ ބަލިވަނީ؟'' ޓްރަމްޕްގެ އެއް މަދަދުގާރު ބިލިއަނަރު ތީލް އީރާނު ހަނގުރާމައާ ދެކޮޅަށް ވާހަކަދެއްކި އޯޑިއޯއެއް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އެންމެ ނުފޫޒުގަދަ އަދި އަރިސް އެއް މަދަދުގާރު ކަމަށްވާ ބިލިއަނަރު ޕީޓާ ތީލް، އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންދާ ހަނގުރާމައަށް ފާޑުވިދާޅުވެ ދެއްކެވި ވާހަކަތަކެއްގެ އޯޑިއޯ ލީކުވެއްޖެއެވެ. ޓެކްނޮލޮޖީ އިންވެސްޓަރު އަދި ޕޭޕަލްގެ ކޯ-ފައުންޑަރު ތީލް މި ހަނގުރާމައާ މެދު ސުވާލު އުފައްދަވާފައިވަނީ ޓެނެސީގެ ނެޝްވިލްގައި މިދިޔަ އޮކްޓޫބަރު 12 ގައި ބޭއްވި ޕްރައިވެޓް ލެކްޗަރެއްގައެވެ. ޚަބަރު ފަތުރާ މަޖައްލާއެއް ކަމަށްވާ “ޕޮލިޓިކޯ” އިން ހޯދި މި އޯޑިއޯގައި ތީލް ވިދާޅުވީ...