ވައިކަރަދޫ ކަނޑޫފަލުން ކަނޑޫގަސްތައް ކަނޑާތީ ކައުންސިލްގެ ކަންބޮޑުވުން
ހދ. ވައިކަރަދޫ ކަނޑޫފަލުން ކަނޑޫގަސް ކެނޑާތީ ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާއިން ކަނބޮޑުވުން ފާޅުކޮށްފި އެވެ. ކަނޑޫފަލުން ކަނޑޫ ގަސްތައް މަރުވުމުގެ މައްސަލަ ދިމާވެފައިވާ ވައިކަރަދޫ ކަނޑޫފަލުން ކަނޑޫ ގަސްތައް ކަނޑަމުން ދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް، ވައިކަރަދޫ ކައުންސިލުން އިއްޔެ ކުރި އިޢުލާނެއްގައި ބުނެފައިވަނީ މިހާރަކަށް އައިސް އެކައުންސިލްގެ ހުއްދަނެތި ރަށުގެ ކަނޑޫފަލުން ކަނޑޫގަސް ކަނޑާކަމަށް އެ ކައުންސިލަށް ފާހަގަ ކުރެވިފައިވާކަމަށެވެ. އެނގިވަޑައިގަންނަވާނޭފަދައިނ...