ތުރުކީ އަށް ބާރުގަދަ ބިންހެލުމަކާ އެކު ސުނާމީއެއް
ތުރުކީ އަށް އައި ބާރުގަދަ ބިންހެލުމަކާ އެކު ސުނާމީއެއް އަރައި، ބައެއް މީހުން މަރުވެ، އެތައް ބަޔަކު ޒަޚަމްވެ ބޮޑެތި ގެއްލުން ތަކެއް ވެއްޖެއެވެ. މި ބިންހެލުމުގައި އެންމެ ބޮޑު ގެއްލުމެއް ލިބުނީ ތުރުކީ ވިލާތުގެ އިޒްމީރް ޕްރޮވިންސަށެވެ. މި ބިންހެލުމާއިއެކު ކުޑަ ސުނާމީއެއް ވެސް އުފެދުނެވެ. ތުރުކީ ވިލާތުގެ ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީއާއި ހަވާލާދީ އެ ޤައުމުގެ ”ޑެއިލީ ސަބާހް” ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި ރިކްޓަ މިންގަނޑުން 6.6 ބާރުމިނުގައި އައި ބިންހެލުމުގައި މިހާތަނަށް 4 މީހުން މަރުވެ، 202 މީހުން...