Quarterly Digital Edition

THILADHUN

Culture · Horizons · Long-Form Journalism

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މަޖިލީހަށް ފޮނުވައިފި
Cover Story · Feature Essay

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މަޖިލީހަށް ފޮނުވައިފި

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ފިނޭންސް މިނިސްޓްރީން ފޮނުވައިފި އެވެ. ފިނޭންސް މިނިސްޓްރީން މިރޭ ކުރި ޓުވީޓެއްގައި ވިދާޅުވީ އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓް ހުށަހެޅުމަށްޓަކައި ފިނޭންސް މިނިސްޓްރީން ތައްޔާރުކޮށްފައިވާ ބަޖެޓް މިއަދު މަޖިލީހަށް ފޮނުވާފައިވާކަމަށެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި މަޖިލީހަށް ހުށައަޅާފައިވަނީ 35 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓްގެ ތަފްސީލް ދެއްވާނީ މަޖިލީހުގައި ފިނޭންސް މިނިސްޓަރުކަމަށް އެމިނިސްޓްރީއިން ވަނީ ބުނެފަ އެވެ...

Selected Essays & Island Profiles

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މަޖިލީހަށް ފޮނުވައިފި
Raajje

ކޯވިޑް-19 ގައި ރާއްޖެއިން މަރުވި މީހުންގެ ޢަދަދު 38 ކަށް!
Raajje

ކޯވިޑް-19 ގައި ރާއްޖެއިން މަރުވި މީހުންގެ ޢަދަދު 38 ކަށް!

ފަރުވާދެމުން ދަނިކޮށް ރޭ ދ.އަތޮޅު ހޮސްޕިޓަލުގައި މަރުވި މީހަކު ކޯވިޑް19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި މިއީ ރާއްޖެއިން މިބަލީގައި މަރުވި 38 ވަނަ މީހާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ބުނެފި އެވެ. އެޗްޕީއޭއިން ބުނެފައިވަނީ ދ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ 60 އަހަރުގެ ފިރިހެނަކު ރޭ 9:45 އެހާކަންހާއިރު މަރުވެފައިވާ ކަމަށެވެ. އަދި އެއީ ކޯވިޑް މަރެއް ކަމަށް ނިންމާފައިވާކަމަށް ވެސް ބުނެފައިވެއެވެ. ކަނޑިންމަ ރިސޯޓުން ހާލުބޮޑުވެގެން ރޭ ކުޑަހުވަދޫއަށް ގެންދިޔަ މީހާ އަކީ ދ.މާއެނބޫދޫއަށް […]

ނަރުދޫގެ ދަނޑުބިންތަކަށް ބޮޑެތި ގެއްލުންތަކެއް ދީފި
Thiladhunmathi News

ނަރުދޫގެ ދަނޑުބިންތަކަށް ބޮޑެތި ގެއްލުންތަކެއް ދީފި

ށ. ނަރުދޫގެ ގިނަ ދަނޑުބިން ތަކަކަށް ބަޔަކު ބޮޑެތި ގެއްލުންތަކެއް ދީފިއެވެ. ނަރުދޫ ކައުންސިލުން މިކަމުގެ މަޢުލޫމާތު “ތިލަދުން” އާއި ހިއްސާކުރަމުން ބުނެފައިވަނީ ދަނޑުބިން ތަކަށް ގެއްލުންތަކެއް ދީފައިވާކަމުގެ ރިޕޯރޓް އެންމެ ފުރަތަމަ އެރަށުގެ ކައުންސިލަށް ލިބިފައިވަނީ ރޭގެ ފަތިހު 5:30 ގައި ކަމަށެވެ. އަދި މި މަޢުލޫމާތު ކައުންސިލަށް ލިބި މާ ގިނައިރުތަކެއްނުވެ ފުލުހުންވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވެފައިވާކަމަށް ކައުންސިލުން ބުނެފައިވެ އެވެ. އެރަށުގެ ކައުންސިލްގެ ރައީސް އަޙްމަދު އާރިފް ވިދާޅުވީ އެ...

ފައިސާތައް ފޭރެން އުޅުނު މައްސަލާގައި ތުހުމަތު ކުރެވޭ 4 މީހެއްގެ ވަނަވަރު އާންމުކޮށްފި
Raajje

ފައިސާތައް ފޭރެން އުޅުނު މައްސަލާގައި ތުހުމަތު ކުރެވޭ 4 މީހެއްގެ ވަނަވަރު އާންމުކޮށްފި

މި މަހުގެ 25 ވަނަ ދުވަހު ހެނދުނު ބޭންކް އޮފް ސިލޯނަށް ޖަމާކުރަން ގެންދިޔަ ފައިސާތައް ބަޔަކު ފޭރެން އުޅުނު މައްސަލާގައި ތުހުމަތު ކުރެވޭ 4 މީހެއްގެ ވަނަވަރު އާންމު ކޮށްފިއެވެ. އެ މައްސަލައިގައި ފުލުހުން ވަނީ ހަތަރު މީހަކު ހައްޔަރުކޮށްފަ އެވެ. އަދި އެ މީހުންގެ ވަނަވަރު ފުލުހުން މިއަދު ވަނީ އާންމުކޮށްފަ އެވެ. އެ ހަތަރު މީހުންނަކީ ވ. ޕިންކްވިލާ، އަހުމަދު އަމީރު (20އ) އާއި ގއ. ވިލިނގިލި/ކަނީރުމާގެ، މުހައްމަދު މުސްއަބު ޒުބައިރު (23އ) […]

ތިލަދުންމަތީ ހުނަރުވެރިން: "ދޮނާސް ބުރައިޑަލް ބުކޭ" މިހާރު ފަރިތަ ނަމެއް!
Column

ތިލަދުންމަތީ ހުނަރުވެރިން: "ދޮނާސް ބުރައިޑަލް ބުކޭ" މިހާރު ފަރިތަ ނަމެއް!

ރާއްޖޭގައި ކުރެވޭ ކައިވެނިތަކާއި އެ ކައިވެނިތަކާއި ގުޅިގެން ބޭއްވޭ ހަފްލާތަކަކީ މިހާރު ގިނަ ވިޔަފާރިތަކާއި ގުޅި ލާމެހިފައިވާ ހަފްލާތަކެކެވެ. ކައިވެނީގެ އުފަލުގައި ބާއްވާ ހަފްލާގެ ބެކްޑްރޮޕް ހެދުމާއި، އެ ހަފްލާތަކަށް ކޭކު އެޅުމާއި، އެ ހަފްލާތަކަށް ކައިވެނީގެ ހެދުން ފެހުމާއި، ކައިވެނީގެ ރަން ހެދުމާއި، މިފަދަ މަސައްކަތްތަކަކީ މިއަދު ވިޔަފާރީގެ ބާޒާރެކެވެ. މިގޮތުން ކައިވެނީގެ ހަފްލާތަކުން ފެނިގެންދާ ވެޑިންގ ޑްރެސްތަކާއި ގުޅުވައިގެން ތައްޔާރު ކޮށްފައި ހުންނަ ބުކޭ ހެދުމުގެ މަސައްކަތުގައި ހދ.ކުމުންދޫ ޒ...

ފައިސާތައް ފޭރުން ހުއްޓުވި ސެކިއުރިޓީ ގާޑަށް 50،000 ރުފިޔާ
Raajje

ފައިސާތައް ފޭރުން ހުއްޓުވި ސެކިއުރިޓީ ގާޑަށް 50،000 ރުފިޔާ

މި މަހުގެ 25 ވަނަ ދުވަހު ހެނދުނު ބޭންކް އޮފް ސިލޯނަށް ޖަމާކުރަން ގެންދިޔަ ފައިސާތައް ބަޔަކު ފޭރެން އުޅުނު ހާދިސާގައި، ފޭރެން އުޅުނު މީހުން ހުއްޓުވި ސެކިއުރިޓީ ގާޑުގެ އަގުވަޒަންކޮށް، 50،000 ރުފިޔާ މިއަދު ދީފި އެވެ. ރޫޓް ފިހާރައިގައި ބޭއްވި ރަސްމިއްޔާތެއްގައި “އެބްސުލޫޓް ސެކިއުރިޓީ އެންޑް އެޑްވާންސް ޕްރޮޓެކްޝަން” ގެ ސެކިއުރިޓީ ގާޑު މުހައްމަދު ހަސަން މަނިކަށް، އެ ފޭރުން ހުއްޓުވިކަމުގެ އަގު ވަޒަންކޮށް 50،000 ރުފިޔާ އާއި، ރަމްޒީ ލިއުމެއް ދީފައި ވަނީ ރޫޓް […]

Kelaa Youth Forum initiated a plantation program in Hoarfushi airport
Thiladhunmathi News

Kelaa Youth Forum initiated a plantation program in Hoarfushi airport

Kelaa youth forum has initiated a program of gifting plants, along with a plantation program affiliated with the Hoarfushi council to make the islands airport green. After giving information regarding the plantation program, Hoarafushi council has stated th...

އިހަވަންދޫއިން ބަންޑާރަ ގޯތި ލިބުނު ފަރާތްތަކަށް ރަޖިސްޓަރީ ހަވާލުކޮށްފި
Thiladhunmathi News

އިހަވަންދޫއިން ބަންޑާރަ ގޯތި ލިބުނު ފަރާތްތަކަށް ރަޖިސްޓަރީ ހަވާލުކޮށްފި

ޒަމާންތަކަކަށްފަހު ހއ. އިހަވަންދޫއިން ބަންޑާރަ ގޯތި ލިބުނު ފަރާތްތަކަށް ރަޖިސްޓަރީ ހަވާލުކުރުމަށް ހާއްސަ ރަސްމިއްޔާތެއް ބާއްވައިފި އެވެ. އިހަވަންދޫއިން ބަންޑާރަގޯތި ދޫނުކުރާތާ ގިނަ އަހަރުތަކަކަށްފަހު، ގޯތި ރަޖިސްޓަރީ ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ 29 އޮކްޓޫބަރ 2020 ވަނަ ދުވަހުގެރޭ، އިހަވަންދޫ ކައުންސިލް އިދާރާގަ އެވެ. އިހަވަންދޫ ކައުންސިލުން ބުނެފައިވަނީ ބަންޑާރަގޯތި ދޫކުރުމަށް ފުރަތަމަ ކުރެވުނު މަސައްކަތަށް މުއްދަތުގެ ފަހުން އިތުރު ލިޔުންތައް ވައްދާފައިވާތީ ބާތިލުކުރުމަށް ފަހު، 2019...

ޠޫފާން ގޯނީ ފިލިޕީންސްއާއި ގާތްވެ 2 ލައްކަ މީހުން ރައްކާތެރި ހިސާބުތަކަށް
International

ޠޫފާން ގޯނީ ފިލިޕީންސްއާއި ގާތްވެ 2 ލައްކަ މީހުން ރައްކާތެރި ހިސާބުތަކަށް

ޠޫފާން ގޯނީ ފިލިޕީންސްއާއި ގާތްވެ 2 ލައްކައަށް ވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ގެންދިޔުމުގެ މަސައްކަތް އެ ޤައުމުގެ ސަރުކާރުން ފަށައިފިއެވެ. މޫސުމާ ބެހޭ އިދާރާތަކުން މަޢުލޫމާތު ދޭ ގޮތުގައި، މިއީ އެ ޤައުމަށް މި އަހަރުގެ ތެރޭގައި ކުރިމަތިވާ އެންމެ ބާރުގަދަ ޠޫފާން ކަމަށެވެ. އަދި މި ޠޫފާނުގެ ސަބަބުން ވައި ގަދަވެ ވިއްސާރަ ވުމުގެ ސަބަބުން ގިނަ ތަންތަނަށް ގެއްލުންވާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ. ޠޫފާން ގޯނީ އެންމެ ފުރަތަމަ އަރާނެ ކަމަށް […]