އެންމެބޮޑު އެއް އަމާޒަކީ، ރައްޔިތުންނަކީ ދީނަށާއި، ޤުރްއާނަށް ލޯބިކުރާ ބަޔަކަށް ހެދުން: ނައިބު ރައީސް
ރައީސް އިބްރާޙީމް މުޙައްމަދުގެ ޞާލިޙްގެ ސަރުކާރުގެ އެންމެބޮޑު އެއް އަމާޒަކީ، ދިވެހިރައްޔިތުންނަކީ ދީނަށް ލޯބިކުރާ، އަދި ވަކިން ޚާއްޞަކޮށް ޤުރްއާނަށް ލޯބިކުރާ އަދި ރިވެތިކޮށް ޤުރްއާން ކިޔަވާ ބަޔަކަށް ހެދުން ކަމަށާއި އަދި އެއީ ވަރަށް މަތީ މަޤްޞަދެއް ކަމަށް ނައިބު ރައީސް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މި މޭރުމުން ވިދާޅުވީ ވަރޗުއަލްކޮށް ބާއްވާ ކީރިތި ޤުރުއާން ބަލައިގެން ކިޔެވުމުގެ ޤައުމީ މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިއަދު ހެނދުނު އިސްލާމީ މަރުކަޒުގ...