ދިއްދޫ ފަޅުތެރެ ސާފުކޮށްފި
ހއ. ދިއްދޫ ކައުންސިލުން، އެރަށުގެ ފަޅުތެރެ ސާފުކޮށްފިއެވެ. ދިއްދޫ ކައުންސިލުން ވިދާޅުވީ، ކައުންސިލްގެ ފަރާތުން ބަޔަކާއި ހަވާލުކޮށްގެން އިއްޔެ އެ މަސައްކަތް ކޮށްފައިވާ ކަމަށެވެ. ދިއްދޫ ކައުންސިލްގެ ރައީސް މުޙައްމަދު ހާޝިމް ”ތިލަދުން”އަށް ވިދާޅުވީ، އެރަށުގެ ފަޅުތެރޭން ނެގި ކުނިތަކަކީ އެރަށުން ފަޅުތެރެއަށް އަޅާފައި ހުރި ކުނިތަކެއް ނޫންކަމަށެވެ. ”އެ ކުނިތަކަކީ މިރަށު މީހުން އަޅާފައި ހުރި ކުންޏެއްނޫން، މި ދުވަސްވަރަކީ އިރުވައި މޫސުން ކަމަށް ވުމުން، އޮޔާ ފަޅުތެރެއަށް ވަދެފައި ހުރި ކުނި އެއީ، މޫސުމީ ބަ...