ކައުންސިލްތަކުގެ އިންތިޚާބު ބޭއްވޭނެ ގާނޫނީ ހައްލެއް ހޯދަން ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާއެއް
ކައުންސިލްތަކުގެ އިންތިޚާބު ބޭއްވޭނެ ގާނޫނީ ހައްލެއް ހޯދަން ދައުރުން ބޭރުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް މަސައްކަތް ފަށައިފިއެވެ. ދައުރުން ބޭރުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް މަސައްކަތް ފަށާފައިވާ ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ މެންބަރަކު “ތިލަދުން” އަށް ވަނީ ކަށަވަރުކޮށް ދެއްވާފައެވެ. އޭނާ ވިދާޅުވީ އެ ޖަލްސާ ބާއްވަނީ “ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ޚާއްޞަ ޤާނޫނު 2020” އަށް އިސްލާޙް ގެނެސް ކައުންސިލްތަކުގެ އިންތިޚާބު ބޭއްވޭނެ ޤާނޫނީ ހައްލެއް ހޯދުމަށ...