ޔޫއޭއީއަށްފަހު ޗައިނާއިންވެސް މާސްއަށް
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން މާސްއަށް ދިޔަތާ އެއް ދުވަސް ފަހުން ޗައިނާއިންވެސް ކާމިޔާބުކަމާއެކު މާސްއަށް ދަތުރުކޮށްފިއެވެ. އެ ގައުމުގެ މާސް މިޝަން “ޓިއަންވެން-1” މާސްގެ އޯރބިޓުގެ ތެރެއަަށް ވަދެފައިވަނީ އިއްޔެއެވެ. މިއާއެކު ޗައިނާ ވަނީ މާސްއަށް ދިޔަ ދުނިޔޭގެ ހަވަނަ ގައުމުގެ ޝަރަފުހާސިލް ކޮށްފައެވެ. ޗައިނާއިން ވަނީ މީގެ ކުރިންވެސް ރަޝިއާއާ ގުޅިގެން މާސް މިޝަނެއް ކުރިއަށްގެންގޮސްފައެވެ. ނަމަވެސް އެ މިޝަން ވަނީ ފެއިލްވެފައެވެ. މާސް މިޝަންތައް އެ ޕްލެނެޓަށް ދެވުނުކަމަށްވަނީ އެ ޕްލެނެޓު...