އެޗްއައިއެޗްއިން ދިވެހިންނާމެދު އަމަލުކުރަނީ އިހާނެތިކޮށް: ޓީމް
ހުޅުލޭ އައިލެންޑް ހޮޓެލް (އެޗްއައިއެޗް) އިން އެ ހޮޓެލްގައި މަސައްކަތްކުރާ ދިވެހި މުވައްޒަފުންނާމެދު ތަފާތުކުރުން ގެންގުޅެ، އަމަލު ކުރަމުން ދަނީ އިހާނެތިކޮށް ކަމަށް ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން ބުނެފިއެވެ. ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މަސައްކަތްތެރީންގެ ހައްގުގައި މަސައްކަތްކޮށް ވަކާލާތުކުރާ ޖަމިއްޔާ، ޓީމްއިން ބުނީ ސަރުކާރުގެ ބޮޑު ހިއްސާއެއް އޮންނަ ހުޅުލޭ އައިލެންޑު ހޮޓަލުން ކޯވިޑާއި ގުޅިގެން އެތަށްމުވައްޒަފުންނެއް ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެ...