ބެއިޖިންއަށް ހިރަފުހުގެ ތޫފާނެއް، އުޑުމަތި އެއްކޮށް އޮރެންޖު ކުލައަށް!
ޗައިނާގެ ވެރިރަށް ބެއިޖިންއަށް ހިރަފުހުގެ ތޫފާނެއް އަތުވެއްޖެ އެވެ. މި ތޫފާނުގެ ސަބަބުން އެ ސިޓީގެ އުޑުމަތި އެއްކޮށްވަނީ އޮރެންޖު ކުލައަށް ބަދަލުވެފައެވެ. ކުރިން އެ ގައުމުން ގަބޫލު ކުރީ މިއީ ވެލީގެ ތޫފާނެއް ކަމަށެވެ. ނަމަވެސް ސައިންސްވެރިން ވަނީ މިއީ ހިރަފުހުގެ ތާފާނެއް ކަން ކަށަވަރު ކޮށްދީފައެވެ. ސައިންސްވެރިން ބުނާ ގޮތުގައި ވެލީގެ ތޫފާނަށްވުރެ ހިރަފުހުގެ ތޫފާނުގެ ސަބަބުން އިންސާނުންނަށް ލިބޭ ގެއްލުން އެތައް ގުނައަކަށް ބޮޑެވެ. އެގޮތުން ވެލި ލޮލަށާއި އަނގަޔަށް އަދި ކަންފަތަށް އެޅުނު […]