ހއ. އަމާންވެށިން އިތުރު ޕޮޒިޓިވްވި ކޭހެއް، އަދަދު 16 އަށް!
ހއ. ދިއްދޫގައި ހުންނަ ”ހއ. އަމާންވެށި” އިން ކޯވިޑް-19އަށް އިތުރު މީހަކު ޕޮޒިޓިވްވެ ވެއްޖެއެވެ. އެހެންކަމުން އަމާންވެށީގައި ކަރަންޓީނުގައި ތިބި 15 ކުދިން ތެރެއިން 11 ކުއްޖަކާއި، އެ ކުދިން ބެލެހެއްޓުމުގެ މަސައްކަތުގައި ތިބި 5 މީހަކު މިހާތަނަށް މިވަނީ ކޯވިޑްއަށް ޕޮޒިޓިވް ވެފައެވެ. ހއ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު އުޘްމާން އަޝްރަފް ”ތިލަދުން”އަށް ވިދާޅުވީ، ހއ. އަމާންވެށިން އިތުރު މީހެއް ކޯވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަދި އެއީ އެތަނުގައި ކުދިން ބަލަހައްޓާ މީހެއްކަމަށް ވެސް އޭނާ […]