އަންހެން 3 ފުލުހަކު ފުރަތަމަ ފަހަރަށް ސުޕްރިންޓެންޑެންޓުންގެ ރޭންކަށް
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސުޕްރިންޓެންޑެންޓް މަގާމަށް ފުރަތަމަ ފަހަރަށް 3 އަންހެން ފުލުހަކު އައްޔަންކޮށްފިއެވެ. ސްޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ ރޭންކަށް މަގާމުގެ ކުރިއެރުން ލިބިފައިވަނީ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސްގެ މަގާމުގައި ތިއްބެވި 3 އޮފިސަރުން ކަމުގައިވާ ފާތިމަތު ނަޝްވާ އާއި މަރިޔަމް އަޒްމާ އަދި އިޒްމިއާ ޒާހިރުއެވެ. މީގެތެރެއިން ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ފާތިމަތު ނަޝްވާ ކުރިން ހުންނެވީ އަޕަރ ނޯތު ޕޮލިސް ޑިވިޝަން ގެ ކޮމާންޑަރުގެ މަޤާމުގައެވެ. އޭނާ ވަނީ ފުލުހުންގެ ޚިދުމަތުގައި 25 [...