ފެންބޮޑުވުމުގެ ސަބަބުން އިންޑޮނޭޝިއާގައި 100 އަށްވުރެ ގިނަ މީހުން މަރުވެއްޖެ
އިންޑޮނޭޝިއާއަށް ކުރާ ވިއްސާރައިގައި ފެން ބޮޑުވެ ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން 100 އަށްވުރެ ގިނަ މީހުން މަރުވެއްޖެއެވެ. މި ކާރިސާގައި ގިނަ އަދަދެއްގެ މީހުން މިހާރުވެސް ވަނީ ވީ ނުވީއެއް ނޭނގި ގެއްލިފައެވެ. އެ ގައުމުގެ ރެސްކިއު ސާވިސްތަކުން ދަނީ މި މީހުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އެހެންކަމުން މަރުވި މީޙުންގެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެކެވެ. ބޭރުގެ މީޑިއާތަކުން ރިޕޯޓު ކުރާ ގޮތުގައި މިހާތަނަށް 2000އެއްހާ މީހުން ވަނީ އިންޑޮނޭޝިއާގެ އިރުމަތީ ޓިމޯރ ރަށްތަކަކުން […]