ހދ. އަތޮޅުގެ 6 ރަށެއްގައި، ކޯވިޑް ބަލީގެ 71 މީހަކު!
އިއްޔެގެ ނިޔަަލަށް ހދ. އަތޮޅުގެ 7 ރަށެއްގައި ކޯވިޑް ބަލީގެ 71 އެކްޓިވް ކޭސް އެބަތިބި ކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އިން ވިދާޅުވެއްޖެއެވެ. މިގޮތުން އެ ހޮސްޕިޓަލް އާންމު ކުރެއްވި މައުލޫމާތަށް ބަލާއިރު އެ 71 މީހުންގެ ތެރޭގައި ހިމެނެނެނީ ހޯމް ކަރަންޓީނުގައި ތިއްބާ ޕޮޒިޓިވްވި 38 މީހަކާއި، ކޮންޓެކްޓް ޓްރޭސީން ސާމްޕަލްތަކުން ޕޮޒިޓިވްވި 25 މީހަކާއި، ރެންޑަމް ސާމްޕަލްތަކުން ޕޮޒިޓިވްވި 7 މީހެއްގެ އިތުރުން ފްލޫ ކްލިނިކަށް ދެއްކި މީހުންގެ ތެރެއިން ޕޮޒިޓިވްވި އެކަކެވެ. […]