ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމަށް ކުރެވިދާނެ 10 ކަމަކާއި ހުއްޓާލުމުން ވާނެ ގޮތް!
ސިގިރޭޓް ބުއިން ނުވަތަ ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލަން ބޭނުން ހެއްޔެވެ. ދުންފަތުގެ އިސްތިއުމާލު ކުރުމަކީ އެއިން ނުހަނު ގިނަ ގެއްލުންތަކެއް ވާކަމެއްކަންވެސް އެނގޭ ނޫންހެއްޔެވެ. އެކަން ކުރަނީ ސިއްހަތަށް ނުރައްކާތެރި ކަމެއްކަން އެނގި ތިބެ އެވެ. ދުންފަތުގެ އިސްތިއުމާލު ކުރުންފަދަ ދެވިހިފާފައިވާ ކަންކަމަކީ ދޫކޮށްލުމަށް ފަސޭހަ ކަންކަމެއް ނޫނެވެ. އެހެން ނަމަވެސް މިފަދަ ކޮންމެ ގޮންޖެހުމެއް ދިމާވާ ހިނދު، އަދި އަލުން އެކަން ކުރާ ހިތްވާ ކޮންމެ ފަހަރަކު ހުއްޓާލަން ނިންމި ސަބަބު ހަނދާންކުރުން މުހިނ...