މިޝްކާ ހޮސްޕިޓަލަށް ގެންދިއުން ލަސްވި މައްސަލަ އެޗް.އާރް.ސީ.އެމް އިން ވެސް ބަލަނީ
ކޮވިޑް ބަލީގައި ރޭ ނިޔާވި 10 އަހަރުގެ ކުއްޖާ ހޮސްޕިޓަލަށް ގެންދިއުން ލަސްވި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްްސް (އެޗް.އާރް.ސީ.އެމް) އިން ވެސް ބަލަންފަށައިފިއެވެ. ކުޅުދުއްފުށީ ސިޓީގެ ދެމަފިރިއަކަށް ލިބިފައިވާ ހަމައެކަނި ދަރިފުޅު ހދ. ކުޅުދުއްފުށި/ ލާޖަހާގެ، ފާތިމަތު މިޝްކާ މުހައްމަދު ރޭ ނިޔާވީ، ރާއްޖޭގެ މައި ހޮސްޕިޓަލް، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަށް ގެންދިޔަ ފަހުން އެ ހޮސްޕިޓަލްގެ އިމަޖެންސީ ރޫމްގައި ފަރުވާ ދެމުން ދަނިކޮށެވެ. އެޗް.އާރް.ސީ.އެމް އިން...