ޓެކްސީތަކުގައި އެތެރެ ފެންނަ ބިއްލޫރި ޖަހަން އެންގި މުއްދަތު އިތުރުކޮށްފި
ކަޅު ބިއްލޫރި ޖަހާފައިވާ ޓެކްސީތަކުގެ ބިއްލޫރި، ޓެކްސީ ޤަވާއިދާ އެއްގޮތަށް ބަދަލު ކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީން އިތުރު ކޮށްފި އެވެ. އެމިނިސްޓްރީއިން މިއަހަރުގެ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހު ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ ޓެކްސީ ޤަވާއިދާ ޚިލާފަށް ޓެކްސީތަކުގައި ކަޅު ބިއްލޫރި ބޭނުންކުރަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. ކަޅު ބިއްލޫރި ޖަހައިގެން ދުއްވާ ޓެކްސީތަކުގެ ބިއްލޫރި ޤަވާއިދާ އެއްގޮތަށް ބަދަލު ކުރުމަށް އެފަހަރު ޓްރާންސްޕޯޓް މިނިސްޓްރީން ދެއްވާފައިވަނީ 6 މަސްދުވަހުގެ މުއްދަތެކ...