ބަންދުވެފައިވާ ނޭކުރެންދޫއަށް އަވައްޓެރި ވައިކަރަދޫއިން އެހީތެރިކަމެއް
ހދ. ވައިކަރަދޫ ރައްޔިތުންގެ ފަރާތުން ނޭކުރެންދޫ ރައްޔިތުންނަށް އެހީތެރިކަމެއް ފޯރުކޮށްދީފި އެވެ. ކޯވިޑް-19 ކޭސްތަކެއް ފެނުމާއި ގުޅިގެން އަދިވެސް ފުރަބަންދުގެ ހާލަތުގައި އޮތް، ނޭކުރެންދޫ ރައްޔިތުންނަށް ވައިކަރަދޫ ރައްޔިތުންގެ ފަރާތުން ހަދިޔާ ކުރީ، 1700 ކިލޯގެ ރޯމަހެވެ. ނޭކުރެންދޫގައި ކޮމިއުނިޓީ ސްޕްރެޑެއް އޮތުމުގެ ސަބަބުން ބޭރަށް ނުކުމެ އުޅުން މަނާކޮށް މިދިޔަ މަހު 29 ވަނަ ދުވަހުން ފެށިގެން އަންނަނީ ކާފިއު ހިންގަމުންނެވެ. ނޭކުރެންދޫ ކައުންސިލުން ވިދާޅުވެފައިވަނީ އެރަށަށް ދިމާވެފައިވާ މި ދަތި އުނދަ...