ކޮޕާ އެމެރިކާ: ކޮލަމްބިއާ ވެނެޒުއޭލާ އެއްވަރު، ބްރެޒިލްއަށް ފަސޭހަ މޮޅެއް
ދެކުނު އެމެރިކާގެ ގައުމުތަކުގެ މެދުގައި ބާއްވާ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީގައި ކޮލަމްބިއާއާއި ވެނެޒުއޭލާ ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމުނު އިރު ބްރެޒިލް ކުޅުނު މެޗު އެ ޓީމުން ފަސޭހަކަމާއި އެކު ކާމިޔާބު ކޮށްފިއެވެ. ބްރާސްފަތި ދުވަހުގެ ރޭ ފަތިހު ކުޅުނު މި މެޗު ޕެރޫއާއި ވާދަކޮށް ބްރެޒިލް ކާމިޔާބު ކޮށްފައިވަނީ 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މުޅި މެޗު ކޮންޓްރޯލް ކޮށްގެން ބުރެޒިލުން ކުޅެފައިވާއިރު މި މެޗުގައި އެ ޓީމުން ކާމިޔާބުކުރި […]