ކޮޕާ އެމެރިކާ: އާޖެންޓީނާއާއި ޗިލީ ކުއާޓާއަށް
ދެކުނު އެމެރިކާގެ ގައުމުތަކުގެ މެދުގައި ބާއްވާ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭގައި އާޖެންޓީނާއާއި ޕެރަގުއޭ ބައްދަލުކުރި މެޗު ކާމިޔާބުކޮށް އާޖެންޓީނާ މުބާރާތުގެ ކުއާޓާއިން ޖާގަ ހޯދިއިރު ޗިލީ ވެސް މުބާރާތުގެ ކުއާޓާއިން ޖާގަ ހޯދައިފިއެވެ. ހޯމަ ދުވަހުގެ ރޭ އާޖެންޓީނާއާއި ޕެރަގުއޭ ބައްދަލުކުރި މެޗު އާޖެންޓީނާ ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ލަނޑުޖަހާނެ ފުރުޞަތެއް ފުރަތަމަ ލިބިފައިވަނީ އާޖެންޓީނާގެ ފޯވާޑް އަގުއެރޯއަށެވެ. ޕެރަގުއޭގެ ޑިފެންޑަރުންނަށް ހެދުނު ގޯހެއް...