ކޮޕާ އެމެރިކާ: ކޮލަމްބިއާ އަތުން މޮޅުވެ ބްރެޒިލް ކުއާޓާއަށް
ދެކުނު އެމެރިކާގެ ގައުމުތަކުގެ މެދުގައި ބާއްވާ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީގައި ބްރެޒިލްއާއި ކޮލަމްބިއާ ބައްދަލުކުރި މެޗު ކާމިޔާބުކޮށް މުބާރާތުގެ ކުއާޓާ ފައިނަލަށް ބްރެޒިލް ދަތުރު ކޮށްފިއެވެ. ބްރެޒިލުން މި މެޗު ކާމިޔާބު ކޮށްފައިވަނީ ކޮލަމްބިއާއިން ލަނޑެއް ޖަހާފައި ވަނިކޮށް ފަހަތުންއަރައި ދެ ލަނޑު ޖަހައިގެނެވެ. މުޅި މެޗުގައި ވެސް ބްރެޒިލްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެ ޓީމުން ގިނަ ހަމަލާތަކެއް ކޮލަމްބިއާގެ ގޯލަށް ވަނީ ފޮނުވާލާފައެވެ. މި މެޗުގައި […]