ކޮލަމްބިއާގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރަށް ހަމަލާދީފި
ކޮލަމްބިއާގެ ރައީސް އިވަން ޑޫކޭ ދަތުރު ކުރައްވަމުން ގެންދެވި ހެލިކޮޕްޓަރަށް ބަޑީގެ ހަމަލާތަކެއް ދީފިކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ. ރައީސް އިވަން ޑޫކޭއާއި، އެ ގައުމުގެ އިސް އޮފިޝަލުންތަކެއް އިއްޔެ ދަތުރުކުރެއްވި ހެލިކޮޕްޓަރަށް ހަމަލާދިންކަން އެމަނިކުފާނު ހާމަކުރެއްވީ ދެއްވި ވީޑިއޯ މެސެެޖެއްގައެވެ. ބައިނަލްއަގްވާމީ ބައެއް ނޫސްތައް ބުނާގޮތުން އެ ހަމަލާ އިވަން ޑޫކޭއިންނެވި ހެލިކޮޕްޓަރަށް އަމާޒުވީ އެ ގައުމުގެ ޑިފެންސް އަދި އިންޓީރިއާ މިނިސްޓަރާއެކު ދަތުރު ކުރައްވަމުން ގެންދަވަނިކޮށް ކޮލަމްބިއާ...