އެންމެ އަގު ހެޔޮ އެންމެ ހަލުވި "އުރީދޫ ސުޕަރނެޓް" ތިލަދުންމަތީ ނެއްލައިދޫ އަށް
އުރީދޫގެ ސުޕަނެޓް ހިދުމަތް ހދ. ނެއްލައިދޫއަށް މިއަދު ތައާރަފުކޮށްފިއެވެ. މިއީ ރާއްޖޭގެ އެންމެ ހަލުވި އިންޓަނެޓް ސްޕީޑު، 100 އެމްބީޕީއެސްއާ ހަމައަށް އިންޓަނެޓު ލިބޭ ހިދުމަތެވެ. ކަސްޓަމަރުންގެ ބޭނުންތަކަށް ފަރުމާކޮށްފައިވާ ހަލުވިސްޕީޑުގެ އިންޓަނެޓް ޕެކޭޖްތައް މި ހިދުމަތް ބޭނުންކުރާ ކަސްޓަމަރުންނަށް ލިބޭނެ ކަމަށް އުރީދޫން ބުނެއެވެ. އުރީދޫއިން އަބަދުވެސް މަސައްކަތްކުރަނީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ތިބި ރައްޔިތުންނަށާއި ވިޔަފާރިވެރިންވެސް އިންޓަނެޓް އަދި ޑިޖިޓަލް ޒަރިއްޔާތައް މެދުވެރިކޮށް އާ...