Quarterly Digital Edition

THILADHUN

Culture · Horizons · Long-Form Journalism

ކުޑަ ކުއްޖާގެ މަރުގެ މައްސަލަ: ދައުވާތައް ސާބިތުވެއްޖެނަމަ 100 އަހަރެއްހާ ދުވަހުގެ ޖަލު ހުކުމެއް
Cover Story · Feature Essay

ކުޑަ ކުއްޖާގެ މަރުގެ މައްސަލަ: ދައުވާތައް ސާބިތުވެއްޖެނަމަ 100 އަހަރެއްހާ ދުވަހުގެ ޖަލު ހުކުމެއް

ރަހީނުކޮށް މަރާލާފައި އޮއްވާ ފެނުނު އުމުރުން 13 އަހަރުގެ ކުއްޖާގެ މައްސަލާގައި ދެމީހެއްގެ މައްޗަށް ދައުވާކުރަން ނިންމައިފިއެވެ. މި މައްސަލާގައި ހައްޔަރު ކޮށްފައި ވަނީ އުމުރުން 17 އަހަރުގެ ކުއްޖަކާއި 27 އަހަރުގެ ފިރިހެނެކެވެ. އެ ދެ މީހުންގެ މައްޗަށް ދައުވާ ކުރަން ފޮނުވަން ތައްޔާރު ވެފައިވާ ކަމަށް ޕްރޮސެކިއުޓަ ޖެނެރަލް ހުސައިން ޝަމީމް ވަނީ ވިދާޅުވެފައެވެ. އޭގެ ތަފްސީލްތައް ހިއްސާކުރައްވަމުން ޕީޖީ ޝަމީމް މިއަދު ވިދާޅުވީ އެ މައްސަލާގައި ދައުވާ އުފުލާފައިވާ އުމުރުން 27 އަހަރުގެ […]

Selected Essays & Island Profiles

ކުޑަ ކުއްޖާގެ މަރުގެ މައްސަލަ: ދައުވާތައް ސާބިތުވެއްޖެނަމަ 100 އަހަރެއްހާ ދުވަހުގެ ޖަލު ހުކުމެއް
Raajje

ހިމާޔަތްކޮށްފައިވާ ރަސްފަރި ފަރަށް 190 މީޓަރުގެ އާގު ބޯޓެއް އުރިއްޖެ
Raajje

ހިމާޔަތްކޮށްފައިވާ ރަސްފަރި ފަރަށް 190 މީޓަރުގެ އާގު ބޯޓެއް އުރިއްޖެ

ކ. ރަސްފަރި ފަރަށް 190 މީތަރުގެ އާގު ބޯޓެއް އުރިއްޖެ އެވެ. މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ނޫސްތަކަށް މަޢުލޫމާތުދެމުން ބުނީ އެ އާގު ބޯޓު އަރާފައި ވަނީ ރަސްފަރި ފަޅުގެ ހުޅަނގު ފަރާތަށް ކަމަށެވެ. ފަރަށް އަރާފައި ވަނީ ޕެނަމާގައި ރަޖިސްޓްރީކޮށްފައިވާ 190 މީޓަރުގެ “ނެވިއޮސް އަމަރީލިސް” ކިޔާ ބޯޓެކެވެ. މި ކާގޯ ބޯޓު ފަރަށް އެރީ ކީއްވެގެން ކަމެއް އެމްއެންޑީއެފް އިން ނުބުނެ އެވެ. އަދި ބޯޓާ އެއްވެސް ތަފުސީލެއް ވެސް ހާމައެއް […]

ކުޑަކުދިން ބޭނުންކޮށްގެން ކުށްކުރާކަށް ޖާގައެއް ނުދޭނަން: ޕީޖީ ޝަމީމް
Raajje

ކުޑަކުދިން ބޭނުންކޮށްގެން ކުށްކުރާކަށް ޖާގައެއް ނުދޭނަން: ޕީޖީ ޝަމީމް

ޕްރޮސެކިއުޓާ ޖެނަރަލްގެ މަގާމުގައި އޭނާ ހުންނަވަނިކޮށް، ކުޑަކުދިން ބޭނުންކޮށްގެން ކުށް ކުރާ މީހުންނަށް އެ އަމަލު ހިންގަން ޖާގަ ނުދެއްވާނެ ކަމަށް ޕްރޮސެކިއުޓާ ޖެނަރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ. ޕީޖީ ޝަމީމް މިހެން ވިދާޅުވީ، މަރާލުމަށްފަހު އެއްލާލާފައި އޮއްވާ ފެނުނު އުމުރުން 13 އަހަރުގެ ކުއްޖާގެ މަރުގެ މައްސަލާގައި ދައުވާ ކުރުމާގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ހާމަ ކުރެއްވުމަށް މިހާރު ކުރިއަށް ގެންދަވާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. ޝަމީމް ވިދާޅުވީ އެ މައްސަލާގަ...

ލޮކަޓެއްލީ ލޯނު އެއްބަސްވުމެއްގެ ދަށުން ޔުވެންޓަސްއަށް
Sports

ލޮކަޓެއްލީ ލޯނު އެއްބަސްވުމެއްގެ ދަށުން ޔުވެންޓަސްއަށް

އިޓަލީގެ ސަސުއޯލޯއަށް ކުޅެމުންއައި މެނުއަލް ލޮކަޓެއްލީ ލޯން އެއްބަސްވުމެއްގެ ދަށުން އިޓަލީގެ ޔުވެންޓަސްއާއި ގުޅިއްޖެއެވެ. ނިމިދިޔަ ޔޫރޯ ފުޓްބޯޅަ މުބާރާތް އިޓަލީއަށް ކާމިޔާބު ކޮށްދިނުމުގައި އިޓަލީގެ މެދުތެރޭގައި މޮޅު ކުޅުމެއް ދެއްކި އުމުރުން 23 އަހަރުގެ ލޮކަޓެއްލީ ޔުވެންޓަސްއާއި ގުޅިފައި މިވަނީ ދެ އަހަރު ދުވަހުގެ ލޯން އެއްބަސްވުމެއްގެ ދަށުންނެވެ. މިގޮތުން އޭނާ ޔުވެންޓަސްގައި 2023 އަހަރުގެ ޖޫން މަހުގެ ނިޔަލަށް ޔުވެންޓަސްގައި މަޑު ކުރާނެއެވެ. އެއަށްފަހު ޔުވެންޓަސްއިން އޭނާ އެ ކުލަބުގައި ދާއިމީކުރަނ...

މިދިޔަ މަހު އިމްޕޯޓާއި އެކްސްޕޯޓުން ލިބުނު އާމްދަނީ ދަށްވެއްޖެ
Business

މިދިޔަ މަހު އިމްޕޯޓާއި އެކްސްޕޯޓުން ލިބުނު އާމްދަނީ ދަށްވެއްޖެ

އިމްޕޯޓާއި އެކްސްޕޯޓުން މިދިޔަ މަހު ދައުލަތަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު 17 އިންސައްތަ ދަށްވެއްޖެއެވެ. ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އިމްޕޯޓާއި އެކްސްޕޯޓުން މިދިޔަ މަހު ދައުލަތަށް ލިބުނީ 242 މިލިއަން ރުފިޔާއެވެ. މިދިޔަ އަހަރުގެ ޖުލައި މަހު ލިބުނީ 293 މިލިއަން ރުފިޔާއެވެ. އިމްޕޯޓާއި އެކްސްޕޯޓުން ލިބުނު އާމްދަނީ ދަށްވެފައިވާއިރު މިދިޔަ އަހަރުގެ ޖުލައި މަހަށް ވުރެ މިދިޔަ މަހު އިމްޕޯޓްކުރި މުދަލާއި އެކްސްޕޯޓް ކުރި މުދާ ވަނީ އިތުރުވެފައެވެ. […]

ޖަޕާންގެ އެހީތެރިކަން އޯޓިޒަމް އެސޯސިއޭޝަނަށް
Raajje

ޖަޕާންގެ އެހީތެރިކަން އޯޓިޒަމް އެސޯސިއޭޝަނަށް

ޖަޕާނު ސަރުކާރުން ދިވެހިރާއްޖޭގެ އޯޓިޒަމް އެސޯސިއޭޝަނަށް، ވިޝަން އެންޑް ހިއަރިން ސްކްރީނާޒް ހަދިޔާކޮށްފިއެވެ. މިއީ ޖަޕާނުގެ ގްރާންޓް އެސިސްޓެންސް ފޯ ގްރާސް ރޫޓްސް ހިއުމަން ސެކިޔުރިޓީ ޕްރޮޖެކްޓްސް (ޖީޖީޕީ)ގެ ދަށުން ދިވެހިރާއްޖޭގެ އޯޓިޒަމް އެސޯސިއޭޝަނަށް ފޯރުކޮށްދިން އެހީތެރިކަމެކެވެ. މި ތަކެތި ހަދިޔާކޮށްފައިވަނީ އިއްޔެ އެކަމަށްޓަކައި ބޭއްވި ހާއްސަ ހަަފްލާއެއްގައެެވެ. މި ހަަފްލާގައި ޖަޕާނުން ރާއްޖެއަަށް ކަނޑައަޅުއްވާފައި ހުންނަވާ އެމްބެސެޑަރު ކެއިކޯ ޔަނާއީ ބައިވެރިވެ ވަޑައިގަތެވެ. އޯޓިޒަމް އެސޯސިއ...

ގެސްޓުހައުސްތަކާއި ސަފާރީތަކަށް އީޔޫއިން ދެ މިލިއަން ޔޫރޯ ދެނީ
Business

ގެސްޓުހައުސްތަކާއި ސަފާރީތަކަށް އީޔޫއިން ދެ މިލިއަން ޔޫރޯ ދެނީ

ރާއްޖޭގެ ގެސްޓުހައުސްތަކާއި ސަފާރީތަކުގެ އިންޑަސްޓްރީ ކުރިއަރުވަން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ދެ މިލިއަން ޔޫރޯ (35 މިލިއަން ރުފިޔާ) ގެ ހިލޭ އެހީ ދޭން އެއްބަސްވެއްޖެއެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހިމެނޭ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް އެހީވުމަށް ރާއްޖެއާއެކު ވި އެއްބަސްވުމުގައި އީޔޫގެ ފަރާތުން ސޮއިކުރެއްވީއެ އިއްތިހާދުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑެނިސްއެވެ. މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) އިން ސޮއިކުރެއްވީ އެ ކުންފުނީ...

ހަޅޭއްލަވައިގަތުމަކީ ވަރަށް ފަސޭހަ ކަމެއް!؟ ނަތީޖާ ހިތި!
Column

ހަޅޭއްލަވައިގަތުމަކީ ވަރަށް ފަސޭހަ ކަމެއް!؟ ނަތީޖާ ހިތި!

ހަޅޭއްލަވައިގަތުމަކީ ވަރަށް ފަސޭހަ ކަމެކެވެ. މިކަން ކުރާ މީހުން ގިނައިން އެކަން ކުރަނީ، އަނެކާ ބުނަން އޮންނަ އެއްޗެއް އިވިގެންނެއް ވެސް ކޮންމެހެނަކުން ނޫނެވެ. ހަޅޭއްލަވައިގަތުމަކީ، އެކަން ކުރާ މީހާ އަނެކާއާ މެދުގައި އޮންނަ ރުޅިވެރިކަމާއި ނަފްރަތެއްގެ ނަތީޖާއެކެވެ. ވަކި ކަމަކާ ގުޅިގެން ނިކުންނަ ނަތީޖާއެއް ނޫނެވެ. މީހަކާ ދިމާއަށް ހަޅޭއްލަވައިގަންނަ މީހާ ދެކޭގޮތުގައި އަނެއް މީހާއަކީ ތިމާއަށްވުރެ ނިކަމެތި މީހެކެވެ. އަގެއްނެތް މީހެކެވެ. ބޭކާރު މީހެކެވެ. އެއީ އިހުތިރާމް ހައްގު މީހެއް ނޫނެވެ. ތިމާއާއި...

ތުޅާދޫ ގޮނޑުދޮށް ހިމާޔަތް ކުރަން ސައިޓު މޮބިލައިޒް ކޮށްފި
Business

ތުޅާދޫ ގޮނޑުދޮށް ހިމާޔަތް ކުރަން ސައިޓު މޮބިލައިޒް ކޮށްފި

ބ. ތުޅާދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ ސައިޓު މޮބިލައިޒް ކުރީ މިދިޔަ އަންގާރަ ދުވަހު ކަމަށެވެ. މި މަޝްރޫއުގެ ދަށުން، ކޮނުމަށްފަހު ބިންގަޑު އެއްވަރުކުރަން 11,700ކިއުބިކް މީޓަރުގެ ވެލިބޭނުންކުރުމާއި، ބެޑު ތައްޔާރުކުރުމާއި، 280 މީޓަރުގެ ސަރަހައްދެއްގައިޖިއޯބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރާނެއެވެ. ބ. ތުޅާދޫ ގޮނޑުދޮށް ހިމާޔަތް ކުރުމު...